
big-ah5fqknz3hjl7xjbgppqbxenm-1
"ތިލަމާލެ ބްރިޖު"ގެ ފައުންޑޭޝަން ނުވަތަ ތަނބުތަކުގެ މަސައްކަތް މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. ބްރިޖު އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ބްރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން ވިލިމާލެ ކައިރީގައި އާއި ތިލަފުށީގައި ވެސް މިވަގުތު ސާވޭ ކުރިއަށް އެބަދެ އެވެ.
ބްރިޖްގެ މުހިންމު ސާވޭއަށް މާލެ އާއި ވިލިމާލޭގެ ކަނޑުއޮޅިތަކުގައި ޕްލެޓްފޯމްތައް ޖަހާ އަންނަނީ ބޯހޯލް ތޮރުފުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ބްރިޖު އެޅުމުގެ ކުރިން ހިނގާ އެންމެ ބޮޑު އެއް މަސައްކަތެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ޝެޑިއުލްކޮށްފައި އޮތީ މުހިއްމު ދެ ތާރީހެއްގައި މަސައްކަތުގެ ބޮޑު ބައެއް ނިންމާށެވެ. ފުރަތަމަ އޮތީ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު ގުޅާލުމެވެ. އަންނަ އަހަރު ނިމޭއިރު މާލެ އިން ގުޅިފަޅަށް ގުޅާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.
އޭގެ ފަހުން މެއި 2024 އަށް ބްރިޖު ތިލަފުއްޓަށް ގުޅާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)





