








breaking ބްރޭކިންގް
ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ގަންޒީ ޓިބެޓަން އޮޓޮނޮމަސް ޕްރިފެކްޗާއަށް 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއްގެ އައިސްފައިވާ ކަމަށް ޗައިނާ ބިންހެލުން ނެޓްވޯކްސް ސެންޓަރުން ބުނެފި އެވެ.
މި ބިންހެލުން އައި މަރުކަޒު މޮނިޓަރ ވެފައިވަނީ 29.59 ޑިގްރީ ނޯތު ލެޓިޓިއުޑް އަދި 102.08 ޑިގްރީ އިރުމަތީ ލޯންގްޓިއުޑްގައި، 16 ކިލޯމީޓަރު ގެ ފުންމިނުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ބިންހެލުން އައިސްފައިވަނީ ޗައިނާ ގަޑިން މިއަދު މެންދުރު 12:52 (ޖީއެމްޓީ +8) ގައެވެ.
އިތުރު ތަފްސީލު އަންނަނީ...








