







_126495059_gettyimages-1242803996
އިރާގުގެ ވެރިރަށް ބަޣުދާދުގައި އެގައުމުގެ ސަލާމަތީ ބާރުތަކާއި ޝިޔައީ ލީޑަރެއްގެ ސަޕޯޓަރުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި 15 މީހަކު މަރުވެއްޖެއެވެ.
މި ކުރިމަތިލުންތަކުގައި ޝިޔައީ ލީޑަރު މުޤްތަދާ އަލް-ސަދްރަށް ވަފާތެރިން ވަނީ އެގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެފައެވެ. މި ހަމަނުޖެހުންތައް ފެށުނީ، ސިޔާސީ މައިދާނުން ރިޓަޔަރ ކުރެއްވިކަން ސަދްރު އިޢްލާން ކުރެއްވުމާ ގުޅިގެންނެވެ.
އިރާގުގެ ކެއާޓޭކަރ ބޮޑުވަޒީރު ވަނީ ސުލްހައަށް ގޮވާލައްވައި، އިތުރު ބައެއް ސިޓީތަކުގައި ހަމަނުޖެހުން ހިންގަމުންދާތީ މުޅި ގައުމުގައި ކާފިއު އިޢްލާން ކޮށްފައެވެ.
ގިނަ އިރުތަކެއް ވަންދެން ކުރިއަށްދިޔަ ކުރިމަތިލުންތަކުގައި ދެފަރާތުންވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިއީ މިފަހުގެ ތާރީޚެއްގައި އިރާގުގެ ވެރިރަށް ބަޣުދާދުގައި ހިނގި އެންމެ ބޮޑު ކުރިމަތިލުމެވެ.
އޭއެފްޕީ ނިއުސް އޭޖެންސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަދްރްގެ 15 ސަޕޯޓަރުންގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށާއި، މުޒާހަރާގެ އިތުރު 350 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.



