
B580F7CA-6396-4DA0-B893-6E5CE4ECFFE9
ގދ ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ތިނަދޫގައި އަޅާފައިވާ ފްލެޓްތަކުގެ ފުރަގަހަށް އޮންނަ މަގުގައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދެސައިކަލު ޖެހިގެންނެވެ. މިގޮތުން އެކްސިޑެންޓުވި ދެ ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައެއް ނުވެއެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން އަންނަނީ މިހާރު ސީންގައި ހަރަކާތްތެރިވަމުންނެވެ.












