






89171_d2d13faf-6_
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް އެރުވުމަށް މިމަހުގެ 19 ވަނަ ދުވަހު ބޮޑު ޖަލްސާއެއް ބޭއްވުމަށް އެކޯލިޝަނުން ނިންމައިފި އެވެ.
މިއަދު އެކޯލިޝަނުން ބުނީ ރަސްމީކޮށް ރިޔާސީ ޓިކެޓް ރައީސް ޔާމީނުއާއި ހަވާލުކުރުމަށްް ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމީ ގިނަ ސަޕޯޓަރުންގެ އެދިލެއްވުމުގެ މަތިން ކަމަށެވެ. އަދި މި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވުމަށް ވަނީ ދައުވަތު ދީފައެވެ.
މި ޖަލްސާގެ ނަމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ހަވާލޭ ވަތަން" އެވެ.
ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އޮތް ޕީޕީއެމް ޕީއެންސީ ސެނެޓުގެ ބައްދަލްވުމުގައި ސެނެޓަރުންގެ އިއްތިފާގުންނެވެ. އެ ރޭގެ ބައްދަލްވުމުގައި ސެނެޓުގެ އެ ނިންމުން ގަބޫލުކުރައްވާކަން ރަައީސް ޔާމީން ވަނީ ހާމަކޮށްފައެވެ.







