
224117_d6569b81-e_
އިންޑޮނޭޝިއާއިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި، އިންޑޮނޭޝިއާއިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޭން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ރެޓްނޯ މާސުޑީއަށް ޝުކުރު އަދާކުރައްވާފައެވެ.
އިންޑޮނޭޝިއާ އަށް ދާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޭން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.












