
މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ މައްސަލަތައް!
މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖިސްމާނީ އަނިޔާގެ 32 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވެ އެވެ. އަދި އޭގެތެރެއިން 27 މައްސަލަ އަންހެނުންނާއި ގުޅޭއިރު، ފިރިހެނުންނާއި ގުޅޭ 5 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާކުރުން އަދި އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 12 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 9 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 3 މައްސަލަަ އެކެވެ.
މީގެއިތުރުން ބިރުދެއްކުމާއި ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލައެއްގެ ރިޕޯޓްކޮށްފައިވާއިރު، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 1 މައްސަލަ ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ ރިޕޯޓްކޮށްފައިވަނީ 1 މައްސަލަ އެވެ.
މިދިޔަ މަހު ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 54 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ. އަދި މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 45 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 09 މައްސަލައެކެވެ.












