
5fe0d2e1-d327-42a7-88c9-77ed33434ebc-1536x1025
ރާއްޖޭގެ ފަތުވާ ކައުންސިލް ހަރަކާތްތެރިކުރުވުމަށް ޑރ. ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރުކަންވެސް ކުރެއްވި ޑރ. ޝަހީމް މިކަމަށް ގޮވައިލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އިސްލާމިކް މިނިސްޓްރީ ޓެގް ކޮށް ޑރ. ޝަހީމް ކުރެއްވި ޓްވީޓުގައި ވަނީ، ޤައުމު ދީނީ ގޮތުން ބަައިބައިވުމަށް ފުރުސަތު ނުދެއްވައި ރާއްޖޭގެ ފަތުވާ ކައުންސިލް އެކްޓިވޭޓް ކުރެއްވުމަށް ގޮވާލައްވާފައެވެ.
ޝަހީމް މިގޮތަށް ގޮވާލައްވާފައި މިވަނީ، ޔޯގާ މައްސަލާގައި އެކި ބޭފުޅުން ތަފާތު ފަތުވާތަކެއް ނެރެމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން އަދާލަތު ޕާޓީން ޔޯގާ ހަރާމްކަމެއް ކަމަށް ބުނެފައިވާ އިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ ޝިރުކެއް ނުހިމެނޭ ގޮތަށް ޔޯގާ ހަދާ ނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ. އަދި ޔޯގާ އާއި އިސްލާމް ދީނާ ގުޅުވައިގެން ދެއްކޭނެ ވާހަކައެއް ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އެގޮތުން އަދާލަތު ޕާޓީން ޔޯގާ ހަރާންކަމެއް ކަމަށް ބުނެފައިވާ އިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ ޝިރުކެއް ނުހިމެނޭ ގޮތަށް ޔޯގާ ހަދާ ނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ. އަދި ޔޯގާ އާއި އިސްލާމް ދީނާ ގުޅުވައިގެން ދެއްކޭނެ ވާހަކައެއް ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
















