


.jpeg?w=3840&q=75)





saneef
ގދ ކާޑެއްދޫ އެއަރޕޯޓު، ގާސިމް އިބްރާހިމްގެ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީން ތަރައްގީ ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި މެމްބަރު ސަނީފް ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓުގެ ހާލަތު ދެނެގަތުމަށްޓަކައި ފަންނީ ބޭފުޅުން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.
ސަނީފް ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓު ތަރައްގީ ކުރުމުގެ ކަންތަކުގައި ގާސިމް އިބްރާހިމް އާއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި، އެކަމާއި ގުޅިގެން ސަރުކާރާވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ތިނަދޫއަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދޭނެ އިންތިޒާމެއްގެ ތެރެއިން މިކަން ދެކޮޅު ޖެއްސޭނެ ގޮތްތަކެއް ހޯދާނެ ކަމަށެވެ. އަދި އެމަސައްކަތް ގާސިމް ކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާނެ ކަމަށްވެސް މެމްބަރު ސަނީފް ވިދާޅުވިއެވެ.
ކާޑެއްދޫ އެއަރޕޯޓުގެ މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް 7 އަހަރުގެ ތެރޭގައި އެއެއަރޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވިލާ އެއާއިން ލަފާކުރެއެވެ. އަދި ކާޑެއްދޫ އެއަރޕޯޓް ތަރައްގީވެގެންދާއިރު ބޭނުންވާ އެސް.އޯ.ޕީ ތަކާއި، މެނުއަލްތައް ހަދައި ނިންމައި، ބައެއް މެނުއަލްތައް ސިވިލްއޭވިއޭޝަނާއި، ނާސާއަށް ސަބްމިޓް ކުރުމަށް ފޮނުވުންވެސް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.



.jpeg?w=3840&q=75)




