.jpeg?w=3840&q=75)



.jpeg?w=3840&q=75)



photo_2022-04-27-23.28.51
ގދ، ތިނަދޫގައި ހޭންޑްބޯލް ކޯޓެއް ގާއިމްކުރުމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގައި ސައްޙަ ބިޑެއް ލިބިފައިނުވާތީ އެމަސައްކަތަށް ބިޑުކުރުން އަލުން ހުޅުވާލައިފިއެވެ.
އެމަސައްކަތަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ. ޔޫތް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ވިދާޅުވީ އެ އިއުލާނާ ގުޅިގެން ސައްޙަ ބިޑެއް ލިބިފައިނުވާކަމަށެވެ.
މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ތިނަދޫގައި ޒަމާނީ ފެންވަރުގެ ހޭންޑްބޯލް ކުޅޭނެ ކޯޓެއް ތަރައްގީ ކުރުމަށް އިއުލާންކުރީ ތިނަދޫގައި ހޭންޑްބޯލް ކުޅޭނެ ކޯޓެއް ނެތުމުގެ ސަބަބުން ތިނަދޫގައި ހޭންޑްބޯލް ކުޅުމަށް ޝައުގުވެރިވާ ކުޅުންތެރިންނާއި ޒުވާނުން ކަނބޮޑުވުން ފާޅުކުރަމުންދާ ދުވަސްވަރެއްގައެވެ.
އެ މިނިސްޓްރީން ގެޒެޓުކުރި އިއުލާނުގައި ބުނީ، އެ މަސައްކަތާ ގުޅޭ ބިޑު ހުށައެޅުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 13:30 ގައި، އެ މިނިސްޓްރީ (ވެލާނާގެ ތިންވަނަ ފަންގިފިލާ) ގައެވެ.
މި ފަދަ ކޯޓެއް ތިނަދޫގައި ތަރައްގީ ކުރުމަށް ދެވަނަ ފަހަރަށް ބިޑަށް ލާފައިވާއިރު، އަންނަ މަހުގައި އެރަށުގައި ހޭންޑްބޯލް މުބާރާތެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހަވަރު ސްޕޯޓްސްއިން ބާއްވާ "ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް" އެވެ. އެ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވޭ، ހުވަދު އަތޮޅުގައި ބޭއްވީ އެ ކުޅިވަރުގެ އެންމެ ބޮޑު މުބާރާތެވެ.
.jpeg?w=3840&q=75)


