

.jpeg?w=3840&q=75)






big_xzXlEFUMQuyFMAihP0GiGTsxA
އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފްއަށް އަސްކަރީ "ފީލްޑް އެމްބިއުލާންސް" ގެ ދެ އެމްބިއުލެންސް ހަދިޔާކޮށްފިއެވެ.
ބަނޑާރަކޮށީގައި އޮންލައިންކޮށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތައް އިންޑިއާގެ ފަރާތުން އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ޗަންދްރާއެވެ. އެމްއެންޑީއެފްގެ ފަރާތުން މި އެމްބިއުލާންސްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްދުއެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލް އާއި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްދުގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މެހޭޝް ޗަންދްރާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިންޑިއާއިން މި ރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް ސެކެރެޓަރީ ޑރ. އަޖޭ ކުމާރު އިސްފަރާތެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވިއިރު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޝްރީ މުނު މަހާވަރް ވެސް އޮންލައިންކޮށް ބޭއްވި މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ






.jpeg?w=3840&q=75)

