








UD3TUVQ4RREIZLIVZSTNK2JQKE
ފިހާރަތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ކަސްޓަމަރުގެ އަތުން 2 ރުފިޔާގެ ޓެކްސްއެއް ނެގޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ބިލް މިއަދު މަޖިލީހަށް ހުށައަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު ހުށައެޅުއްވި ބިލުގައި ބުނެފައި ވަނީ ފިހާރަތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން އެ ކޮތަޅުގެ ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނެގޭނެކަމަށެވެ.
މީގެ އިތުރުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ދޫކުރާ އިންވޮއިސްގައި ކޮތަޅުގެ ލެވީގެ ގޮތުގައި ނެގި އަދަދު ވަކިން އެނގޭނެހެން ހިމެނުމަށް ބިލުގައި ހިމަނައިފައިވާ އިރު ޕްލާސްޓިކް ކޮތަޅުގެ ލެވީއިން ޖީއެސްޓީ ނުނެގޭނެކަމަށް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ބިލުގައި ވާ ގޮތުން މީރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ލެވީ ނަގާނެ ގޮތުގެ އުސޫލާއި ލެވީ ނެގުމަށް ތަންފީޒު ކުރަން ޖެހޭ ޤަވާއިދުތައް މި ޤާނޫނު ތަންފީޒު ކުރާތާ 6 މަސް ދުވަހުގެ ތެރޭގައި މީރާއިން އެކުލަވައިލާން ޖެހެއެވެ.
ލެވީ ނުނެގޭ ޕްލާސްޓިކް ކޮތަޅުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދު ނުކޮށް ހުންނަ ހުރިހައި ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި، ކުނި މެނޭޖު ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާ ބެހޭ ފަރާތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބަންލައިނަރ ގެ އިތުރުން 50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއެވެ.








%20(1).jpg?w=3840&q=75)