
ukraines
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ " ސަޕްރައިޒް " ދަތުރުފުޅެއްގައި ޔޫކްރެއިންނަށް ވަޑައިގެންފި އެވެ.
ޓްރޫޑޯ ވަޑައިގެންނެވީ މިހާރު ރަޝިއާއި ޔޫކްރެއިނުން ކުރަމުން އަންނަ ހަނގުރާމައިގައި ގިނަ ގެއްލުންތަކެއް ލިބުނު ޔޫކްރެއިންގެ އިރްޕިން ސިޓީއަށެވެ. އެގޮތުން ޓްރޫޑޯ އެސިޓީއަށް ވަޑައިގެންނެވިކަން ހާމަކުރެއްވީ އިރްޕިންގެ މޭޔަރު އެލެކްޒެންޑްރާ މަރްކުޝީން އެވެ.
މޭޔަރާއި ހަވާލީ ބޭރުގެ ރިޕޯޓުތަށް ބުނާގޮތުގައި ޓްރޫޑޯ އެސިޓީއަށް ވަޑައިގެންނެވީ ހަނގުރާމައިގައި އެސިޓީއަށް ލިބުނު ގެއްލުންތަށް އަމިއްލަ ފުޅަށް ބައްލަވައިލެއްވުމަށެވެ. އެގޮތުން ޓްރޫޑޯ ގެ މި ދަތުރުފުޅުގައި އެސިޓީގެ ބައެއް ރައްޔިތުންނާއިވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.
ކެނެޑާގެ އޮފިޝަލުން މައުލޫމާތު ދޭގޮތުގައި ޓްރޫޑޯގެ މި ދަތުރުފުޅުގައި އެމަނިކުފާނު ޔޫކްރެއިންގެ ރައީސް ޒްލެންސްކީއާއި ވެސް ބައްދަލުކުރައްވާނެ އެވެ.
ޓްރޫޑޯ މިއަދު ޔޫކްރެއިނަށް ވަޑައިގެންނެވި އިރު އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަނބިކަނބަލުން ޖިލް ބައިޑެންވެސް ވަނީ ކުއްލި ދަތުރުފުޅެއްގައި މިއަދު ޔޫކްރެއިންނަށް ވަޑައިގެންފައެވެ.












