
Cyber-__Attack-on-Ukrainian-Government-Websites-788x400
ޔޫކްރެއިންގެ ސަރުކާރުގެ އިދާރާތަކާއި، ބޭންކްތަކަށް އަމާޒުކޮށް ވަރުގަދަ ސައިބާ ހަމަލާއެއް ދީފި އެވެ.
ޔޫކްރޭންއަށް ސައިބާ ހަމަލާއެއް ދީފައިމިވަނީ އެ ގައުމުގައި ކުއްލި ނުރައްކަލުގަ ހާލަތު އިއުލާނުކުރުމަށް ޔޫކްރެއިންގެ ސެކިއުރިޓީ ކައުންސިލުން ނިންމިތާ މަދު ގަޑިއިރެއްގ ތެރޭގައެވެ.
ޔޫކްރެއިންގެ ފޮރިން މިނިސްޓްރީ ވެބްސައިޓާއި، އިންޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓާއި، ކެބިނެޓް މިނިސްޓަރސް ވެބްސައިޓާއި، ސެކިއުރިޓީ ސާވިސް ވެބްސައިޓްގެ އިތުރުން ބޭންކްތަކަށް އަމާޒުކޮށް ސައިބާ ހަމާލާއެއް ދީފައިވާކަމަށް ބޭރުގެ މީޑީއާ ރިޕޯޓްތައް ބުނެއެވެ.
ޔޫކްރެއިންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ މިޚައިލޯ ފެޑަރޯވް ވެސް ވަނީ ސައިބާ ހަމަލާތަކެއް ސަރުކާރުގެ ވެބްސައިޓްތަކަށް ދީފައިވާ ކަމަށް ބުނެފައެވެ. ޔޫކްރޭނުން ވަނީ މި ހަމަލާތައް ދީފައިވަނީ ރަޝިއާގެ ހެކަރުން ކަމަށް ތުހުމަތުކޮށްފައެވެ.
ގިނަ ބަޔަކު މީގެ ކުރިންވެސް ވަނީ، ރަޝިއާގެ ފުރަތަމަ ހަމަލާއަކަށް ވާނީ ސައިބާ ހަމަލާއެއް ކަމަށް ތުހުމަތުކޮށްފައެވެ.












