
235422_3_e89c150918020ece19b0869c125f5fe67f2db8f8_large
މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ވިސާމް އަލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މީގެ ތިން އަހަރު މެލޭޝިއާއަށް ކަނޑައަޅާފައިވާ ސަފީރުކަމަށް އައްޔަންކުރެއްވި ވިސާމް އިސްތިއުފާ ދެއްވާފައިވާކަން ފޮރިން މިނިސްޓްރީން މިރޭ ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
އޭނާ އިސްތިއުފާ ދެއްވުމުން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ވަގުތީ ގޮތުން ހިންގަވާނީ ޑެޕިއުޓީ ހައިކޮމިޝަނަރެވެ.
ވިސާމް އިސްތިއުފާ ދެއްވުމާއި ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ މެލޭޝިއާއަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރުގެ ގޮތުގައި ވޭތުވެދިޔަ ތިން އަހަރު ދުވަހު އެކަމަނާ ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ވިސާމް އަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ކަނބަލެކެވެ.












