

.jpeg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)

viber_image_2022-03-31_10-00-43-131
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ހޯރަފުށީގައި ޕްރީސްކޫލެއް އެޅުމަށް ބިންގާ އަޅައިފި އެވެ.
ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ އެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމެވެ.
އެ ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހުއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމައި ހިދުމަތަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނާއި ބެލެނިވެރިންގެ އުއްމީދު ފުރިހަމަ ކޮށްދިނުމަކީ އެކުންފުނީގެ އަމާޒު ކަމަށެވެ. އަދި ރާއްޖޭގެ މުސްތަގުބަލް ކަމުގައިވާ ޅަ ދަރިންގެ އިލްމާއި ހިލްމު ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އެމްޓީސީސީގެ ސަގާފަތުގައި ހިމެނޭ ކަމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ، އެ މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާ ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.


.jpeg?w=3840&q=75)
.jpg?w=3840&q=75)
