







FOta4P_VcAAzCKY
ފުވައްމުލައް ސިޓީގައި މިސަރުކާރުން 400 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވާކަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރައްވައިފި އެވެ.
ރައީސް ސޯލިހް މިކަން އިއުލާންކުރެއްވީ މިރޭ އެސިޓީގައި ކުރިޔަށްދިޔަ ރައްޔިތުންގެ މާހެފުމުގައި ރައްޔިތުންނާއި މުހާތަބްކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ ބޯހިޔާވަހިކަމަކީ މުޅި ރާއްޖެއަށްވެސް ވަރަށް ބޭނުންވެފައިވާ ކަމަކަށް ވެފައިވާއިރު ފުވައްމުލަކު ރައްޔިތުންވެސް ބޯހިޔާވަހިކަމަށް އެދި ޒަމާޏްވީ ޝަކުވާއެއް ހައްލެއް ހޯދުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. ފުވައްމުލައް ސިޓީ އުފެދިފައިވާގޮތުން ބިން ދޫކުރުނަށް އިތުރު ބިން ރަށުން ދިނުމަކީ އުނދަގޫކަމެއް ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން އެރަށުގައި މިހާރު 200 ފްލެޓް އެޅުމަށް ޓެންޑަރ އަށް ހުޅުވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ އެރަށުގައި އެޅުމަށް ޓެންޑަރ ކުރެވުނު ފްލެޓްތަކުގެ އިތުރުން އިތުރު 200 ފްލެޓް އެޅުމަސް ސަރުކާރުން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ. އަދި މީގެ އިތުރުންވެސް އިތުރު ފްލެޓްތަކެއް އެޅުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ފުވައްމުލަކު ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އެމަނިކުފާނަށް އެެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މިއީ ރިޔާސީ އިންތިހާބަށްފަހު ރައީސް އެސިޓީއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.




