
4D36749F-C382-4093-841A-4AE5DCA09849
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ތިނަދޫ ކައުންސިލްގެ ކުރީގެ މެމްބަރު މުހައްމަދު އަމްޖަދު އައްޔަންކޮށްފި އެވެ.
ގދ ތިނަދޫ ، ނީލުގެ މުހައްމަދު އަމްޖަދު މި މަޤާމަށް އައްޔަން ކުރެއްވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއަށް ރާއްޖޭގެ ޤާނޫނު އަސީސީގެ 115 ވަނަ މާއްދާގެ (ޅ) އިން ލިބިގެންވާ ރައީސުލްޖުމްހުރިއްޔާގެ މަޤާމްގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
މިގޮތުން މިއަދު ރައީސް އޮފީހުން ވަނީ އެމަޤާމަށް އޭނާ އައްޔަން ކުރައްވާފަައިވާ ސިޓީއަކުން އޭނާއަށް އަންގާފައެވެ.
މި މަޤާމާއި އެކު އަމްޖަދު ވެގެންދާނީ ތިނަދޫގައި އިސްލާމިކް މިނިސްޓްރީގެ ޒިންމާތަށް އަދާކުރައްވާ އެންމެ މަތީ ބޭފުޅާއަަށެވެ. އަދި އޭނާ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރާނީ ތިނަދޫ އިސްލާމީ މަރުކަޒުގައިއެވެ.
އަމްޖަދު އަކީ ތިނަދޫ ކައުންސިލްގެ މެމްބަރުކަން ކައުންސިލްގެ ފުރަތަމަ އަދި ދެވަނަ ދައުރުގައި އަދާކުރެއްވި ބޭފުޅެކެވެ، އަދި އޭނާ ވަނީ ތިނަދޫއަށް ގިނަ ގުނަ ހިދުމަތްތަކެއްވެސް ކުރައްވާފައެވެ.












