
breaking ބްރޭކިންގް
މޯލްޑިވްސް ޕޮލިސް ސާވިސްއިން މާލެ ސަރަހައްދުގައި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިޔަށް އެބަދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ މާލޭގައި ފުލުހުންގެ ޚާއްސަ ޑްރަގް އޮޕަރޭޝަނެއް ކުރިޔަށް ދާކަމަށެވެ. ނަމަވެސް މީޑިއާ އޮފިޝަލް މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
މައުލޫމާތު ލިބޭގޮތުގައި މި އޮޕަރޭޝަންގެ ދަށުން ފުލުހުން މިވަގުތު ދަނީ ސޯސަން މަގުން ދަތުރުކުރި ޕިކަޕެއް ހުއްޓުވައި ބަލާފާސްކުރަމުންނެވެ. އަދި މި ޕިކަޕުން ގެންދިޔަ މަސްތުވާތަކެއްތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެތި އަތުލައިގެނެފައެވެ.
އިތުރު ތަފްސީލް އަންނަނީ ..

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)



