








243272_3_173d2a1b9283fb2fd75b4f1c997a456cd6709e6b_large
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބާއްވާ ފުލް ސްކޭލް އެމަޖެންސީ ހަރަކާތާ ގުޅިގެން ބްރިޖުގެ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
ފުލުހުން ބުނީ، ބުނީ އެއަރޕޯޓް ފުލް ސްކޭލް އެމަރޖެންސީ އެކްސަސައިޒާ ގުޅިގެން މިއަދު ހަވީރު 16:00 އިން ފެށިގެން 20:00 އަށް ބްރިޖްގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެވޭނެކަމަށެވެ. މިވަގުތުތަކުގައި ފުލުހުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
އެމްއޭސީއެލްގެ ފަރާތުން ކުރިއަށް ގެންދާ މި ހަރަކާތުގައި އެއާޕޯޓުގެ އެކި ދާއިރާތަކުގެ އިތުރުން ޞިއްހީ ޙިދުމަތްދޭ ތަންތަން ހިމެނޭގޮތުން 30 އިދާރާއަކުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޙަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް މައުލޫމާތު ދިނުމާއި ތަމްރީން ބައްދަލުވުންތައް މިހާރުވަނީ ނިންމާލައި ތައްޔާރުވެފައެވެ.
މިއަދު ހަވީރު ހަތަރަކުން ރޭގަޑު އަށެއް ޖެހުމާއި ހަމައަށް ޙަރަކާތް ކުރިއަށް ގެންދާއިރު، ހަވީރު 4 އިން 6 އަކަށް އެއަޕޯޓުގެ ރަންވޭގެ އޮޕަރޭޝަން އެއްކޮށް މަޑުޖައްސާލާނެއެއެވެ. ނަމަވެސް ބައިނަލް އަޤްވާމީ އުދުހުންތަކުގެ ޗެކްއިން އަދި ސީޕްލޭން އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.




