








ރާއްގެ ޓުއަރގައިޑް ލައިސަންސް ފުރަތަމަ ފަހަރަށް ކަނބަލެއް ހޯދައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި އަންހެނަކަށް ލިބުނު މި ފަހުރުވެރި ފުރުސަތު ލިބިފައިވަނީ އައިޝަތު ޝީނާއަށެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ޝީނާއާ ބައްދަލުކުރައްވާ ރަސްމީ ޓުއަރގައިޑް ފާސް ހަވާލުކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން ޝީނާއަށް މަރުހަބާ ވިދާޅުވެ، މި ދާއިރާގައި އޭނާ ހޯދި ކާމިޔާބީ ފާހަގަކުރައްވާފައިވާކަމަށް ބުނެއެވެ.
މީގެ ކުރިން ރާއްޖޭގައި ޓުއަރގައިޑުންގެ ގޮތުގައި ހަރަކާތްތެރިވަމުން އައީ ހަމައެކަނި ފިރިހެނުން ނަމަވެސް ޝީނާ މިހާރުމިވަނީ އެ ދާއިރާއަކީ ވެސް އަންހެނުންނަށް އުޅެވިދާނެ ދާއިރާއެއް ކަމަށް ސާބިތުކޮށްދީފައެވެ.
ޓުއަރގައިޑެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ މިނިސްޓްރީން ގަބޫލުކުރާ ކޯހެއް ފުރިހަމަކޮށް، ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު، އެ މިނިސްޓްރީން ދޫކުރާ ރަސްމީ ފާސް ހޯދައިގެންނެވެ. އަދި މަސައްކަތުގެ ވަގުތުގައި އުޅޭއިރު، މި ފާސް ފެންނަން ހަރުކޮށްފައި ބެހެއްޓުމަކީ ގާނޫނީގޮތުން ލާޒިމުކަމެކެވެ.




