
EupzrdIWpqHkoJx6qTvpfMjh5ojBzgeNuGL50ObT
ކ. ގާފަރު އިންޖީނުގޭ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ދަށުން ތިމާވެއްޓާއި ރައްޓެހި ހަކަތައާއި ދިމާލަށް ދިއުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސޯލާޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައި އެކަން އިޢުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.
ސްޓެލްކޯއިން މިއަދު ބުނީ އެކުންފުނީގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތަކާއި އެއްގޮތަށް، ހުރިހާ އިންޖީނު ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ތެރެއިން ކ. ގާފަރު އިންޖީނުގޭ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓަކީ ތެލަށް ބަރޯސާވާމިންވަރު ކުޑަކޮށް، ސަރުކާރުގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތަކާއި އެއްގޮތަށް ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އެގޮތުން ކ. ގާފަރު އިންޖީނުގޭ ފުރާޅުގައި 66.96 ކިލޯވަޓްގެ ހަކަތައުފެއްދޭ ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
ގާފަރު އިންޖީނުގޭގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، ކ މާފުއްޓާއި، އދ. ކުނބުރުދޫގެ އިންޖީނުގޭގެ ފުރާޅުގައި ވެސް ސްޓެލްކޯއިން ވަނީ ސޯލާ ޕެނަލް ހަރުކޮށްފައެވެ.
ސްޓެލްކޯގެ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ދަށުން ހެޔޮއަގެއްގައި އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ގަނެވޭނެ އިންތިޒާމްވެސް އެކުންފުނިން ވަނީ ހަމަޖައްސައިދީފައެވެ. މިޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ކަަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.












.jpeg?w=3840&q=75)



