.jpg?w=3840&q=75)








91-e1646548026256
ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި އެވެ.
އެގޮތުން، ނައްތާލާފައިވަނީ 381 ފުޅި ބަނގުރައާއި 219 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ 2021 އޮކްޓޯބަރ 26 އިން ޑިސެމްބަރ 15 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.
މިތަކެތި ނައްތާލާފައިވަނީ އިއްޔެ ވިލިނގިލި ޕޮލިސް ސްޓޭޝަންގައެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
.jpg?w=3840&q=75)



