.jpeg?w=1920&q=75)
photo_2022-03-05_13-01-54-plert7848i47s5i7mpx4078aaukvzje8rk6kk5wuxg
ހއ. އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނިންމައިފިއެވެ.
އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމަށް އެ ކޮމެޓީން ނިންމާފައި ވަނީ އުތީމުގައި ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް މިދުވަސްކޮޅު ފެންނަމުން ދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެރަށުގެ ޓާސްކްފޯސްއިން ކައުންސިލަށް އެގޮތަށް ލަފާ ދެއްވާފައިވާތީއެވެ.
އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ. އަދި ރަށުގެ ކޮވިޑްގެ ހާލަތަށް ބެލުމަށްފަހު ގަނޑުވަރު އަލުން ހުޅުވާނެ ތާރީޚެއް އެމަރުކަޒުން އަންގާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކޮވިޑްގެ ހާލަތާއި ގުޅިގެން އެންމެ ފަހުން އެގަނޑުވަރު ބަންދުކުރުމަށްފަހު ހުޅުވާލާފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ބަންދުކޮށްފައިވަނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.
އުތީމުގައި ކޯވިޑް ފެތުރެމުންދާއިރު މިވަގުތުވެސް އެރަށުގެ 57 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.



.jpg?w=3840&q=75)




.jpg?w=3840&q=75)



