






.jpg?w=3840&q=75)

large_15569522658PbVc
އއ. ތޮއްޑޫގެ ދަނޑުބިންތަކަށް ގެއްލުންދީ އަލިފާން ރޯކުރާ މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތޮއްޑޫގައި އާންމުންނަށް އުނދަގޫވާ ގޮތަށް ރަށު ތެރޭގައި އަލިފާން ރޯކުރާ ކަމުގެ ޝަކުވާތައް ލިބުމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހައްޔަރު ކޮށްފައި ވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދެ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، ރަށުތެރޭގައްޔާއި ދަނޑުބިންތަކުގައި ރޯކުރާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފެންނަ ސީސީޓީވީ ފުޓޭޖެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ތޮއްޑޫ ދަނޑުތަކުގައި އަލިފާން ރޯކޮށް ގެއްލުންދޭ މައްސަލަ ވަނީ ބޮޑުވެފައެވެ.