
0ilyhmictq2u5dr3xyj08fk5keuaihxy99dj6hed-876x566
އަސާސީ ހިދުމަތަކީ ޖޫރިމަނާ އޮންނަން ޖެހޭ އެއްޗެއް ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
ބޮންޑެ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހުށަހަޅުއްވާފައިވާ ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ބޮންޑެ ވިދާޅުވީ 2008 ގެ ކުރީގަ ރާއްޖޭގައި ނަރުދަމާއެއް ނެތް ކަމަށާއި، ކުރީގެ ރައީސް މައުމޫން ޒަމާނުގައި ފެން ނުލިބި ގިނަ ރައްޔިތުންނަކެއް ތިބީ ގައިން ތާހިރުނުވެ ކަމަށެވެ. އެހެން ނަމަވެސް އެއާހިލާފަށް މިހާރު އެތައް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްވެގެންދާކަން ފާހަގަކުރައްވައި ބޮންޑެ ވިދާޅުވީ، ހުރިހާ އަސާސީ ހިދުމަތަކުންވެސް ނަގާ ޖޫރިމަނާ 0 އިންސައްތައަށް ބަދަލުކުރަން ޖެހޭކަމަށެވެ.
"2008 ގެ ކުރީގަ ނަރުދަމާއެއް ރާއްޖޭގައި ނެތް. މައުމޫން ޒަމާން އެއްކޮށްދިޔައީ މުޅިން ވަރަށް މުޑުދާރުކޮށް. މާލޭގެ ފެން އިސްކުރު ބަރިއަށްގޮސް ފެން ބަނޑިޔަލެއް ހިފައިގެން ގިނަ ރައްޔިތުން ތިބީ ގައިން ތާހިރުނުވެ. ސިއްޙީ ގޮތުން އެހާ ނުރައްކާ ބަލިތައް ފެތުރުނު. އެކަމަކު މައުމޫން ހުންނަވަނީ ފެންވަރައިގެން ވަރަށް ބޮޑު ސްވިމިންގ ޕޫލެއްގައި އެމަނިކުފާނު ހުންނަވަނީ. އެކަމަމު މިހާރު އެއާ ހިލާފަށް އެތަށް ރަށެއްގައި ނަރުދަމާގެ ނިޒާމް އެޅިގެން މިދަނީ" ބޮންޑެ
ބޮންޑެ ވިދާޅުވީ އަސާސީ ހިދުމަތުން ވިޔަފާރިކޮށްގެން ދައުލަތަށް އިންތިހާއަށް ފައިސާ ވަންނަ ކަމަށެވެ. އަދި ކަރަންޓު ނުވަތަ ފެންބިލް ނުދެއްކި އިންނަ ފަގީރު މީހާގެ ބިލަށް ޖޫރިމަނާ ދައްކަންވީމަ އެރައްޔިތުން ދަރަނިވެރިވާނެ ކަމަށް ބޮންޑެވަނީ ފާހަގަކުރައްވާފައެވެ.












