
majlis |މަޖިލިސް
ކުރިއަށް އޮތް ރޯދަ މަހުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންނާނީ ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށް ކަނޑައަޅައިފި އެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިއަދުގެ ޖަލްސާއަކީ ރަމަޟާންމަހުގެ ކުރިން ބާއްވާ ފަހު ޖަލްސާކަމަށެވެ. އަދި ރަމަޟާންމަހު ޖަލްސާތައް އޮންނާނެކަމަށާއި، އެގޮތުން ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހެނދުނު 10:30 އިން މެންދުރު 12:00އަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއަށްފަހު އެއްގަޑިއިރުގެ ހުސްވަގުތަށްފަހު މެންދުރު ފަހު 1:00 އިން 2:00އަށް ޖަލްސާ ކުރިއަށްދާނެކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ގަޑި އެގޮތަށް ކަނޑައެޅިފައިވީ ނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށްދާނެކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ނަމާދުގެ އިތުރު ބަދަލުތަކާއިއެކު ރޯދައަށް ތައްޔާރުކުރެވިފައިވާކަމަށެވެ.












