
273772445_1009087799954666_5785608880859542230_n
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ވިސްނުން ޕޮޒިޓިވް ކަމަށް އެ ރަށު ކައުންސިލްގެ ރައީސް، ސައުދު އަލީ ވިދާޅުވެއްޖެ އެވެ.
ގދ. އަތޮޅު ކައުންސިލުން ސަރުކާރުގެ އެކި ވުޒާރާތަކާ ބައްދަލުކުރެއްވުމަށް މާލެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާ މިއަދު ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމަށްފަހު "ގާފު އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ރައީސް، ސައުދު ވިދާޅުވީ އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ ވިސްނުން ހުރީ "ޕޮޒިޓިވް" ކޮށް ކަމަށެވެ.
އޭނާ މިހެން ވިދާޅުވި އިރު އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭ ގޮތުން އެލްޖީއޭއިން ގޮތެއް ނިންމައި މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މަޝްވަރާ ހޯދުމަށް އޮތީ ފޮނުވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި އެކަމާ ގުޅޭ ބައްދަލުވުމެއް އަދި ނުބާއްވަ އެވެ.
އެލްޖީއޭގެ ސީއިއޯ، ފާތިމަތު އަފްޝަން ލަތީފް ސޮއި ކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ރަށު ކައުންސިލުން އެދިފައިވާ އެދުމަށް "ހައްލެއް ހޯދައިދިނުމަށް" އެ އޮތޯރިޓީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ ސިޓީގައި އެލްޖީއޭއިން ވަނީ، އެ ހުށަހެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ މަޝްވަރާ ކުރުމަށްޓަކައި އެ ކޮމެޓީއާއެކު ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދި ދަންނަވާފައެވެ. އެލްޖީއޭއިން މަޖިލީހަށް މި ކަމާ ގުޅޭ ސިޓީ ފޮނުވާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.
https://gaafu.mv/news/47824
ސިޓީއެއްގެ ދަރަޖަ ހޯދުމަށް ރަށު ކައުންސިލުން މަސައްކަތް ފަށާފައިވީ ނަމަވެސް އެކަން ކުރުމަށް ގާނޫނީ ހުރަސް އެބަ އޮތެވެ. ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގައި ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވެނީ އެރަށެއްގެ ރަށްވެހިންގެ އަދަދު 10،000 އަށް އަރާ ނަމަ އެވެ. ތިނަދޫގައި އެ އާބާދީ ހަމައެއް ނުވެއެވެ. ނަމަވެސް އެ ނޫން ހުރިހާ ޝަރުތެއް ތިނަދޫގައި ހަމަ ވެއެވެ. ތިނަދޫގެ ރަށްވެހީންގެ އަދަދު 10،000 އަށް ނާރާ ނަމަވެސް އެރަށުގައި ދިރިއުޅޭ އާބާދީގެ އަދަދު 12،000 އާ ގާތް ކުރެ އެވެ. އެހެން ކަމުން އެރަށަށް ސިޓީއެއްގެ ދަރަޖަ ލިބެން އޮތީ އެ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.
.jpeg?w=3840&q=75)



-1786972426717.jpeg?w=3840&q=75)
.jpeg?w=3840&q=75)



-1786972426717.jpeg?w=3840&q=75)






