








C0409BBA-C686-4412-8E76-EDBD80F0C06C
ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ އެސްޓަންވިލާ އަށް ބަދަލުވެއްޖެ އެވެ.
އުމުރުން 29 އަހަރުގެ ކުޓީނިއޯ އެސްޓަންވިލާ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. ސީޒަން ނިމުމުން ކުޓީނިއޯ ގަތުމުގެ ފުރުސަތު އެސްޓަންވިލާ އަށް މި އެއްބަސްވުމުގެ ދަށުން ލިބިދެއެވެ.
ކުޓީނިއޯ ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވީ 146 މިލިއަން ޕައުންޑުގެ އަގަކަށް 2018 ވަނަ އަހަރު ޖެނުއަރީ ޓްރާންސްފާގަ އިގިރޭސި ކުލަބް ލިވަޕޫލްއިންނެވެ.
ކުޓީނިއޯ ލިވަޕޫލްގައި ދެއްކި މޮޅު ކުޅުން އޭނާ އަށް ބާސާގައި ދެއްކޭގޮތް ވެފައި ނުވާއިރު، މިދިޔަ ސީޒަން އޭނަ ކުޅުނީ ލޯނެއްގެ ދަށުން ބަޔާން މިއުނިކްގަ އެވެ.
ބާސާގައި ހޭދަކުރި މުއްދަތުގައި ކުޓީނިއޯ އެ ކްލަބަށް 106 މެޗު ކުޅެދީފައި ވާއިރު ޖެހުނީ 26 ގޯލެވެ.




