




%20(1).jpeg?w=3840&q=75)



ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިންގ މުބާރާތް ކަމުގައިވާ 'ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) 2026'ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޕަބްޖީ މޮބައިލް ކޮލިފަޔަރސް ފެށުމަށް ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރު 2026 ގައެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ވަނަވަނައަށް ދާ ޓީމުތަކަށް ޖުމްލަ 10,000 ރުފިޔާގެ ފައިސާގެ އިނާމުގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅައިފައެވެ. މި މުބާރާތުގެ ފޯރިގަދަ މެޗުތައް ދިރާގު ގޭމާސް ގިލްޑްގެ ޔޫޓިއުބް ޗެނަލް @DhiraaguGG މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެއެވެ.
އަދި، މި މުބާރާތުގެ ތެރެއިން ހޮވާލެވޭ 16 ޓީމަކަށް ޑީއެމްޖީސީ 2026 ގައި ބައިވެރިވުމުގެ ފުރުސަތު ލިބި ޖުމްލަ 30،000 ރުފިޔާގެ ޕްރައިޒް ޕޫލަކުން އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގު ގޭމާސް ގިލްޑް(ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. މި ގޮތުން، މި ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކުގައެވެ.
މި އަހަރުގެ ޑީއެމްޖީސީގައި ވެސް މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުޅޭ އެކި ގޭމްތައް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި ޕަބްޖީ މޮބައިލްގެ އިތުރުން މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ރޮކެޓް ލީގު، އެފްސީ26 އަދި ޓެކެން 8 ހިމެނެއެވެ. ކުޅުންތެރިންނަށް ފައިސާގެ އިނާމު ހޯދުމުގެ އިތުރުން، ކޮލިފަޔަރތަކުން ކުރިހޯދައިގެން ޑީއެމްޖީސީގެ މެއިން އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމްގެ ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިންގ ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މުބާރާތާއި ޑީ.ޖީ.ޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.







.png?w=3840&q=75)
