

.jpg?w=3840&q=75)





1FAA74ED-373E-4A5F-8AA4-ECB8114622DE
އަންނަ އަހަރަށް ލަފާކޮށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް 6.3 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.
ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ޖުމްލަ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ ތެރެއިން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ 6.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އެހެނިހެން ހަރަދުގެ ގޮތުގައި އެކި ކަންކަމަށް ކުރާ ހަރަދުގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެންމެ ބޮޑު ޚަރަދެއް ދާނެ ކަމަށް ލަފާކޮށްފައިވަނީ ރިކަރަންޓު ޚަރަދަށެވެ. އެގޮތުން ރިކަރަންޓު ޚަރަދަށް ދާނެ ކަމަށް ލަފާކޮށް 24.8 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.
މިއަދު މަޖިލީހަށް ހުށަހެޅުއްވި 36.9 ބިލިއަން ރުފިޔާގެ ބަޖެޓުން އަންނަ އަހަރު 34 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ.
އަންނަ އަހަރުގެ ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށެވެ. އެގޮތުން ދައުލަތުގެ ދަރަނި އަދާކުރުމަށް 2.9 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވަނީ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތަ އެވެ.
އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރާވާފަ އެވެ.


.jpg?w=3840&q=75)

