
މޯލްޑިވްސް އެކްސްޕޯ 2026ގައި ހުންނަ ދިރާގުގެ އެކްސްޕީރިއެންސް ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
މި ގޮތުން ދިރާގުން ހުށަހަޅައިފައިވާ އިނާމުތަކުގެ ތެރޭގައި އެންމެ ފަހުގެ އައިފޯން 18 ޕްރޯއަކާއި، ހިތްގައިމު ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތުގެ އިތުރުން، ކޮންމެ ދުވަހަކު ދޭ އިނާމުތައް ހިމެނެއެވެ.
ދިރާގު ސްޓޯލަށް ޒިޔާރަތްކޮށް ޕޯސްޓްޕެއިޑް ނުވަތަ ލިމިޓެއްނެތް ފައިބަރ ކަނެކްޝަނެއް ނަންގަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯއެއް ލިބިގެންދާނެއެވެ. އަދި ދިރާގުގެ އޭއައި ކޯލް އެސިސްޓަންޓް އައިވްއަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް ކ. ތުލުސްދޫގައި ހުންނަ ސީޒަން ޕެރަޑައިސްގައި ޗުއްޓީ ހޭދަކޮށްލުމުގެ ރަނުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އިނާމުތަކުގެ އިތުރުން، ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން އައިވް ޑޭޝް ގޭމް ކުޅެގެން ލީޑަރބޯޑުގެ އެންމެ ކުރި ހޯދާ ފަރާތްތަކަށް ކޮންމެ ދުވަހަކު 25ޖީބީގެ ހިލޭ ޑޭޓާއާއެކު ހިލޭ މައިފައި ޑިވައިސްއެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފައެވެ. އަދި، ދިރާގުގެ އެންމެ ފަހުގެ ޒަމާނީ އުފެއްދުންތަކާއި ހިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުގެ އިތުރުން، އެކްސްޕޯއަށް ހާއްސަކޮށްގެން ހުރި އަގުހުރި އޮފަރތަކާއި ފައިދާތައް ވެސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން އިންތިޒާމުކޮށްގެން ވަރަށް ހާއްސަ ގޭމް ކުޅުމުގެ ހަރަކާތްތަކެއް ވެސް މި އެކްސްޕޯގައި ވަރަށް ފޯރިއާއެކު ދަނީ ކުރިއަށްގެންދަމުންނެވެ. ޑީ.ޖީ.ޖީއިން މޯލްޑިވްސް އެކްސްޕޯގައި ހިންގާ ގޭމިންގ ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެފް.ސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓަރ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ވަނީ ހިމަނައިފައެވެ. އަދި ޖީ.ޓީ 7 ރޭސިންގ ސިމިއުލޭޓަރާއި ބީޓް ސޭބަރ ފަދަ ވާޗުއަލް ރިއަލިޓީ (ވީ.އާރް) ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް މުޅިން ހިލޭ ވަނީ ހުޅުވައިލައިފައެވެ. ހަމައެއާއެކު، ކޮންމެ ދުވަހަކު ވެސް ވަކި ޗެލެންޖްތަކެއް ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި އިނާމުތައް ވަނީ ކަނޑައަޅައިފައެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް އެކްސްޕޯ 2 ނޮވެމްބަރު 2026ގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.


.jpg?w=3840&q=75)




.jpg?w=3840&q=75)





.png?w=3840&q=75)
.png?w=3840&q=75)