
.jpg?w=3840&q=75)






އާމްދަނީ އިތުރުކުރުމުގެ ގޮތުން އަންނަ އަހަރު ދައުލަތުން ނަގާ އެއްވެސް ޓެކުހެއް ބޮޑު ނުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރޫރު ވިދާޅުވެއްޖެއެވެ.
އަންނައަހަރިގެ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނުސްޓަރ ވިދާޅުވީ އޭގެ ބަދަލުގައި ޓެކްސް ނިޒާމުގައި ހުރި ލޫޕްހޯލްތައް ބައްދައި، އީ-އިންވޮއިސިންގ ނިޒާމެއް ތަޢާރަފުކުރުމަށް ކަމަށެވެ.
މީގެއިތުރުން ޓެކުހުގެ ޤާނޫނުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރާނެކަން ހާމަކުރައްވާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން، ޖީއެސްޓީއަށް ރަޖިސްޓަރީކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރާނެ ކަމަށެވެ.
ބަޖެޓުގައި ޞިއްޙީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ، ބޯހިޔާވަހިކަމަށް 3 ބިލިއަން ރުފިޔާ، ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ އަދި މަތީ ތަޢުލީމުގެ ލޯނަށް 651 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހިމެނާފައެވެ. އަދި ތިލަފުށީ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން ހުޅުވުމާއި، ތިލަމާލެ ބްރިޖު އަންނަ އަހަރުގެ ނިޔަލަށް ނިންމުމާއި، 250 މެގަވޮޓުގެ ސޯލާ ހަކަތައިގެ މަޝްރޫޢެއް ފެށުން ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

.jpg?w=3840&q=75)


