






%20(3).jpeg?w=3840&q=75)

1FAA74ED-373E-4A5F-8AA4-ECB8114622DE
ރަނގަޅު ފެންވަރެއްގައޖ މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގއ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ ހަމީދެވެ. އެމްޓީސީސީގެ ފްރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއޯއޯ، ޝާހިދު ހުސައިން މޫސާ އެވެ.
މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ އެޅުމަށް އެމްޓީސީސީ އާ ހަވާލުކުރީ 84.2 މިލިއަން ރުފިޔާއަށެވެ. އެ އެއްބަސްވުމުގެ ދަށުން 223 މީޓަރުގެ ބްރިޖަކުން މަޑަވެއްޔާއި ހާދޫ ގުޅާލުމަށް ހަމަޖެހިފައިވެއެވެ. އަދި 160 މީޓަރުގެ ބްރިޖަކުން ހާދޫއާއި ހޯނޑެއްދޫ ގުޅާލުމުގެ އިތުރުން 262 މީޓަރުގެ މަގު ހެދުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން 65 މީޓަރުގެ 4 ރިވެޓްމަންޓް (ޖުމްލަ 260 މީޓަރު) ޖެހުމަށްވެސް ވަނީ ނިންމާފައެވެ.
އެ މަޝްރޫއުގެ މަގްސަދަކީ މިހާރު ހަދާފައިވާ ކޯޒްވޭގެ ކަލްވާޓްތައް ބެދި އޮއިވަރު ބްލޮކް ވުމުގެ ސަބަބުން ދެ ރަށަށަ ދިމަވެފައިވާ ރަށްގިރުމާއި އުދަ އެރުމުގެ މައްސަލަ ހައްލު ކުރުމެވެ. އަދި އެމްޓީސީސީއާ ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން އެ ދެ ރަށުގެ ދެމެދުގައި އަޅާ ބްރިޖްތައް ޑިޒައިންކުރުމަށް ހަމަޖެހިފައިވަނީ ކޮލަމްތަކަށް ސަޕޯޓްކޮށް ބްރިޖްގެ ދަށުން އޮއި ދެމޭ ގޮތަށެވެ.
މި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 300 ދުވަހުގެ މުއްދަތެކެވެ. އެއީ 10 މަސް ދުވަހެވެ.




