

.jpg?w=3840&q=75)






ibrahim ameer Finance minister
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ކޮޅަށް ނެގުމަށްޓަކައި 3.8 ބިލިއަން ރުފިޔާ އިތުރަށް ޗާޕު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ހާއްސަ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އޯވާޑްރޯ އެއް އަހަރަށް އިތުރު ކުރި ނަމަވެސް 4.4 ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ފައިސާ ނުނެގޭނެ ކަމަށެވެ. މި ވަގުތު 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ކުރި ނަމަވެސް ކޮންމެ ދުވަހަކު ވެސް ޕަބްލިކް އެކައުންޓަށް ފައިސާ ވަންނަ ވަރަކުން އެ އަދަދު އަންނާނީ ސެޓްލްވެ ބަދަލުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޯވާޑްރޯ ކުރާ ވަރު ކޮންމެ ދުވަަހަކު ވެސް [ކޮންމެވެސް ވަރަކަށް] ސެޓްލްވާނެ. މިއަދަށް ސެޓްލް ނުވެ މިހާރު އެބަހުރި ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވިދާޅުވީ އޯވާޑްރޯ ކުރާ ވަރު އެއްފަހަރާ ސެޓުލް ކުރެވެން ނެތީ އެކަން އެގޮތަށް ކޮށްފި ނަމަ ސަރުކާރުގެ އެހެން ހަރަދުތައް މެނޭޖްކުރަން ދަތިވާނެތީ ކަމަށެވެ.
އަމީރު ވިދާޅުވީ އިގްތިސާދަށް ހެޔޮ ބަދަލުތައް ފެންނަމުން އަންނަ ކަމަށެވެ. އަދި އުންމީދަކީ މި އަހަރު ނިމޭ އިރު އޯވަޑްރޯ ސުމެއްގައި ހުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ މާނައަކީ އޯވަޑްރޯ ކުރި ވަރު އަނބުރާ ދައްކާ ސެޓްލް ކުރެވިފައި ހުރުމެވެ.


.jpg?w=3840&q=75)

