





.jpeg?w=3840&q=75)


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވީ ތާރީހީ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.
މިއީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހާހަމައަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު އެތައް އެއްބަސްވުންތަކެއް ނިންމަވާފައިވާއިރު، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އިތުރުން އެ ޤައުމުގެ އިސްވެރިންނާއިވެސް ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި 20 ދައިރާއަކުން ދެ ޤައުމުގެ ދެމެދު ފަހުމުނާމާގައިވަނީ ސޮއިކޮށްފަ އެވެ.
މީގެއިތުރުން ޕާކިސްތާނުގައި ކުރިއަށްގެންދިޔަ އެންމެ ކާމިޔާބު 11 ވަނަ އިންވެސްޓް މޯލްޑިވްސް ބިޒްނަސް ފޯރަމުގައިވެސް ބައިވެެރިވަޑައިގަންނަވާފައިވާކަމަށް ސަރުކާރުން ބުނި އެވެ. ރައީސް ވަނީ މި ފޯރަމުގައި ތަޤުރީރު ކުރައްވާފައިވާއިރު، އިންވެސްޓްމެންޓާއި، ވިޔަފާރި އަދި އިޤްތިޞާދީ ގުޅުން ބަދަހި ކުރެވޭނެ ދައިރާތަކަށް އެމަނިކުފާނު ތަޤުރީރުގައިވަނީ އަލިއަޅުވާލައްވާފަ އެވެ.އެމަނިކުފާނު ދަތުރުފުޅުގެ ތެރެއިން، ރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރީ މުޢާމަލާތްތައް 200 މިިލިޔަން ޑޮލަރަށް މަތިކުރުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފަ އެވެ. އަދި މި ނޫންވެސް އިތުރު ނިންމުންތައް ނިންމާފާއިވެ އެވެ.


.jpeg?w=3840&q=75)





