








ފުލުހުންގެ މައި ޢިމާރަތް
ހުޅުމާލެ ކެފޭގައި ގޭސްފުޅި ގޮވައި، ރޯވި އަލިފާން ނިއްވާލައިފިއެވެ.
މިއަދު ހެނދުނު ހިނގި މިހާދިސާ އާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ކެފޭއެއްގައި 2026 ނޮވެމްބަރު 1 ވަނަ ދުވަހުގެ ހެނދުނު 10:00 އެހައިކަންހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ސީންއަށް އެޓެންޑްވިއިރު އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށެވެ.
މި ހާދިސާގައި އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނީ އެ ކެފޭގައި މަސައްކަތްކުރާ 4 ބިދޭސީންނަށް ކަމަށާއި މި ހާދިސާގައި ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ބުނެއެވެ. އަދި ކެފޭގެ އިމާރާތަށާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާކަން ފާހަގަކުރެވޭ ކަމަށާއި މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ އިތުރަށް ބަލަމުން ކަމަށް ވަނީ ބުނެފައެވެ.




