

.jpeg?w=3840&q=75)





ހއ. ކެލައާއި ވަށަފަރުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ކޮންމެ ރަށަކަށް 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ފޮނުވައިފިއެވެ.
ސްޓެލްކޯ އިން މައުލުމާތު ދީފައިވާ ގޮތުގައި މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު، އެ ދެ ރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުވެ، އެކަމުގެ ފަސޭހަތައް ރައްޔިތުންނަށް ލިބިގެންދާނެއެވެ.
ކެލައާއި ވަށަފަރަށް ޖެނެރޭޓަރު ސެޓުތައް ފޮނުވާފައިވާއިރު، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި އެ ކުންފުނީގެ އިސް ވެރިންގެ ވަފުދެއް ވެސް މިހާރުގެންދަވަނީ ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވަމުންނެވެ. މިއީ އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ބައްލަވާލެއްވުމަށްޓަކައި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ވަށަފަރަށް ކުރެއްވި މި ޒިޔާރަތުގައި، އެ ރަށުގައި ހުންނަ ސްޓެލްކޯގެ އޮފީހަށާއި އިންޖީނުގެއަށް އެ ބޭފުޅުން ވަޑައިގެންނެވި ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. މީގެ އިތުރުން، އެ ރަށުގެ ފެން ޕްލާންޓަށް ވެސް ވަފުދުގެ ބޭފުޅުން ވަޑައިގެންނެވި ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ. އަދި އޮފީހާއި އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓުގެ އެކި މަސައްކަތްތައް ކުރިއަށްދާ ގޮތް އިސްވެރިން ވަނީ ވަރަށް ގާތުން ބައްލަވާލައްވާފައެވެ.


.jpeg?w=3840&q=75)





