








މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން އަތުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 192،398 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %0.9 ކުރިއެރުމެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،797،060 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. އެވްރެޖުކޮށް މިހާރު ރާއްޖެއަށް 6000 އެއްހައި ފަތުރުވެރިން ދުވާލެއްގެ މައްޗަށް ޒިޔާރަތް ކުރެއެވެ.
ފުރަތަމަ 10 މަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:
* ޗައިނާ: 331،817 ފަތުރުވެރިން* ރަޝިއާ: 256،822 ފަތުރުވެރިން* އިނގިރޭސިވިލާތް: 135،897 ފަތުރުވެރިން* ޖަރުމަނުވިލާތް: 119،589 ފަތުރުވެރިން* އިޓަލީވިލާތް: 105،485 ފަތުރުވެރިން
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެއީ، %74 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ގެސްޓްހައުސްތަކުގައެވެ. އެއީ، %21.6 ފަތުރުވެރިންނެވެ.








