.jpg?w=3840&q=75)
.png?w=3840&q=75)






މާލޭގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓުގެ ޚިދުމަތް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި ޓެކްނިކަލް މައްސަލައެއް ދިމާވުމާއެކު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މައްސަލަ ހައްލުކޮށް ޚިދުމަތް އަލުން ދީފައިވާ ކަމަށެވެ.
ކަރަންޓު ކެނޑުމުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެއަކުން ކަރަންޓު ކެނޑެއެވެ. އާންމު ގޮތެއްގައި އެފަދަ މައްސަލަތައް ދިމާވާތާ މާ ގިނަ ވަގުތެއް ނުވެ، ޚިދުމަތް އަލުން ފޯރުކޮށްދެއެވެ. މާލޭން ކަރަންޓު ކެނޑެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މަގު ހެދުން ފަދަ މަސައްކަތްތަކުގެ ތެރެއިން ކޭބަލް ބުރިވުން ފަދަ މައްސަލަތައް ހިމެނެއެވެ.
އާންމުގޮތެއްގައި ސްޓެލްކޯ އިން ކަރަންޓު އަޕްގްރޭޑިންގެ ގެ މަސައްކަަތެއް ކުރާނަމަ، ދުރާލާ އަންގައެވެ.
.jpg?w=3840&q=75)
.png?w=3840&q=75)




