
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން، ހުޅުމާލޭ ފޭސް 1ގައި އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އަޅަމުންދާ 182 ފްލެޓުގެ ފައުންޑޭޝަންގެ މަސައްކަތް ފަށައިފިއެވެ.
މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ ދަށުން ބީއެމްއެލްއިން ހޯމް ލީސިންގ ކުންފުނިން ހިންގާ މަޝްރޫޢުއެކެވެ.
އެފްޑަބްލިއު ކޮންސްޓްޝަނާއި ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އެގޮތުން ފައުންޑޭޝަން މަސައްކަތުގެ ތެރެއިން ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު އެކުންފުނިން ވަނީ ފަށާފައެވެ.މިމަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމަށް އެ ބޭންކުން ލަފާކުރެއެވެ.
މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް އުފެއްދި ބީއެމްއެލް ސަބްސިޑަރީ ކުންފުނި، އެފޯޑަބަލް ހޯމް ލީސިންގއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރާ މި ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިމޭނެކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.
3 ކޮޓަރީގެ މި ހައުސިންގ ޔުނިޓްތަކަކީ، 900 އަކަފޫޓުގެ ތަންތަނެވެ. މި މަޝްރޫއު ވެގެންދާނީ ސަރުކާރެއްގެ 5 އަހަރުގެ ދައުރުގެ ތެރޭގައި މަޝްރޫޢު ފަށައި، އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމައި، އޭގެ ވެރިފަރާތްތަކާ ޙަވާލުކުރެވޭނެ ފުރަތަމަ ހައުންސިންގ މަޝްރޫޢަށް ކަމަށް ސަރުކާރުން ބުނެއެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫޢުތަކެއް ކަމަށްވެސް ސަރުކާރުން ބުނެއެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)




