



.jpg?w=3840&q=75)




އެލްޖީއޭ
ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން މެެންބަރުން ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށަ 3 މެންބަރުން އިންތިހާބުކުރަންޖެހޭ އިރު، އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެވެ.
ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައިބ މަގާމުތަކަށް ކުރިމަތިލީ އިންތިޚާބީ މަޤާމުތަކަށްސިޓީ ކައުންސިލުގެ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި އެވެ. އެހެންކަމުން އޭނާ މަގާމަށް ވޯޓަކާއި ނުލައި އިންތިހާބުވެފައިވާތީ، މާދަމާ ބާއްވަނީ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އައްޔަންކުރާ މެންބަރުންގެ އިންތިޚާބެވެ.މި އިންތިޚާބާއި ގުޅިގެން، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ފޯމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ. ހުށަހަޅާ ޝަކުވާތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް، ފޯމުގައި ބަޔާންކުރާ އީމެއިލަށްކަމަށް އެލްޖީއޭއިން ބުންޏެވެ.
ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. ވަގުތު ހަމަވާއިރު ކިޔޫގައި އިތުރު މީހުން ތިބިނަމަ ވޯޓުލުމުގެ ފުރުސަތު ދޭނެކަމަށް އެލްޖީއޭއިން ބުންޏެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއިރު އެއީ 177 ރަށު ކައުންސިލާއި 5 ސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީ މެމްބަރުންނެވެ.
މި އިންތިޚާބުގައި އެލްޖީއޭ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކާއި ހުޅުދޫ އިޖުތިމާޢީ މަރުކަޒުގައި 19 ވޯޓުފޮށި ބަހައްޓާނެއެވެ. އަދި ވޯޓުފޮށިތަކުގެ ކައިރީގައި އެ އޮތޯރިޓީގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށާއި އޮފިޝަލުންގެ ގޮތުގައިވެސް ތިބޭނީ ޚިދުމާތު މަރުކަޒުތަކުގެ މުވައްޒަފުންނާއި އެލްޖީއޭގެ މުވައްޒަފުން ކަމަށް އެލްޖީއޭ އިން ފާހަގަކުރި އެވެ.އިންތިޚާބުގެ ވޯޓުލުން ނިންމައި، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެއެވެ. ދެ އިންތިޚާބުގައި ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށާއި އިންތިޚާބުގެ ވަގުތީ ނަތީޖާ މާދަމާ ރޭ އިއުލާންކުރާނެ ކަމަށް ބުންޏެވެ.




.jpg?w=3840&q=75)