


.png?w=3840&q=75)
.jpg?w=3840&q=75)
-1791455226200.jpeg?w=3840&q=75)


މާލެ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލު ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
މިއީ މި ދެ ސިޓީގެ ތަރައްގީއަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެކެވެ.
މިކަމަށްޓަކައި މާލޭ ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އާދަމް އާޒިމެވެ. އަދި ތިނަދޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ތިނަދޫ ސިޓީގެ މޭޔަރު، ސަޢުދު އަލީއެވެ.
މި ރަސްމިއްޔާތިގައި ވާހަކަދައްވަމުން މޭޔަރު އާދަމް އޒިމް ވިދާޅުވީ މި އެއްބަސްވުމަކީ ދެ ސިޓީ ގުޅިގެން ކުރެވިދާނެ މަސަކަތްތައް ދިރާސާކޮށްބަލައި، ދެ ސިޓީ ޕްރޮމޯޓުކޮށް ދެ ސިޓީގެ ތަރައްގީއަށް ކުރެވިދާނެ މަސަކަތްތަކާއި، އެއްސިޓީއަނެއް ސިޓީގުޅިގެން ރައްޔިތުންނަށް ގެނެވިދާނެ ކުރިއެރުންތައް ބަލާ ދިރާސަކޮށް އެކަންކަން ކުރުމަށްޓަކައި ވެވޭ އެއްބަސްވުމެއް ކަމަށެވެ.
މީގެ އިތުރުން ދެ ސިޓީގެ ހިންގުން ހަރުދަނާކުރުމާއި ދެ ސިޓީގެ މުވައްޒަފުންގެ ކުރިއެރުންތައް ހޯދައިދިނުންފަދަ ކަންކަން މި އެއްބަސްވުމުގައި ހިމެނޭނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ބޭރު ގައުމުތަކާއެކު ވެފައި ހުންނަ އެއްބަސްވުންތަކާއި އެއްގޮތަށް، ދެ ސިޓީގެ މެދުގައި ވިޔަފާރި ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް މި ފައެއްބަސްވުމުގައި ބަލާފައިވާނެކަމަށް އާޒިމް ވިދާޅުވިއެވެ.
ކުރިއަށްއޮތް ތަނުގައި އިތުރު ސިޓީ ކައުންސިލްތަކާއެކު ވެސް މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމަށް މަސައްކަތްކުރައްވާނެކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އެއްބަސްތަވުންތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން ލިބޭނެކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތިގައި ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ދެކުނުގެ އެންމެ ބޮޑު ވިޔަފާރި ހަބު ކަމަށްވާ ހަވަރު ތިނަދޫއާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ވެވުނު މި ފައެއްބަސްވުމަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ވަރަށް ވެސް ތާރީހީ ފަހުމުނާމާއެއް ކަމަށެވެ.
މީގެ އިތުރުން ސައުދު ވަނީ، މި އެއްބަސްވުމަކީ ރާއްޖޭގެ އެހެނިހެން ސިޓީތަކާއި ބޮޑެތި އާބާދީތައް އޮންނަ ރަށްތަކުން ވެސް މިފަދަ އެއްބަސްވުން އެކުލަވާލާ، ގުޅިގެން މަސައްކަތްކުރުމަށް ހުޅުވުނު ދޮރެއްގެ ގޮތުގައި ދެކުމަށް ގޮވާލައްވާފައެވެ.



.png?w=3840&q=75)
.jpg?w=3840&q=75)



