


.jpeg?w=3840&q=75)





-
ރ. ދުވާފަރުން ކަނދޮޅުދުއަށް ދަތުރުކުރި "ޔާލު ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއްގެ އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައި ޖެހުމާ ގުޅިގެން، ދުވާފަރު ޕޮލިސް ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:56 ހާއިރުއެވެ. ރިޕޯޓު ލިބުމާ ގުޅިގެން ދުވާފަރު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ވަނީ ވަގުތުން ޑިންގީއެއްގައި އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
ތިން މީހުންނާއެކު ދަތުރުކުރި އެ ލޯންޗު ފުލުހުންގެ ޑިންގީގައި ކަފުޖަހައިގެން ވަނީ ދުވާފަރު ފަޅަށް ވައްދާފައެވެ. އަދި އޭގެފަހުން ލޯންޗުގެ އިންޖީނު މަރާމާތުކުރުމުގެ މަސައްކަތުގައިވެސް ފުލުހުން ވަނީ ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ދަތުރުގައި ބައިވެރިވި މީހުންގެ ތެރެއިން ހާލު ދެރަވި ބަންގްލަދޭޝް ރައްޔިތަކު ވަނީ ވަގުތުން ދުވާފަރު ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައެވެ. އަދި ފަރުވާއަށްފަހު އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގެ ސަލާމަތީ ކަންކަމާއި އިންޖީނުގެ ހާލަތު ރަނގަޅަށް ޗެކްކުރުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.



.jpeg?w=3840&q=75)


.jpeg?w=3840&q=75)

