





.jpeg?w=3840&q=75)


މޫސުން ގޯސްވާނެކަމަށް ލަފާކޮށް ނ. އަތޮޅުން މ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓުން ބުނީ މި ސަރަހައްދުތަކަށް މިއަދު ހަވީރު 15:00 އިން ފެށިގެން 19:00 އާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓުން މައުލޫމާތުދެ އެވެ.
މެޓުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފަ އެވެ. އަދި ބައެއް ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގެއްލުންތައް ވަމުންދާތީ، މޫސުމަށް އިތުރަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.




