.jpeg?w=3840&q=75)


.jpeg?w=3840&q=75)





މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި، ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފާއި، ވޭސްޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސް ބޭފުޅުން، އދ. އޮމަދޫ ކައުންސިލްގެ ރައީސާއި ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވުނީ މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި، ހަކަތައާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އދ. އޮމަދޫއަށް މިހާރު ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. އަދި ރަށުގައި އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ޒަމާނީ މެޝިނަރީ ހޯދުމާ ގުޅޭގޮތުން ވެސް ދެފަރާތުގެ ދެމެދުގައި ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.
ކުނީގެ މައްސަލަތަކުގެ އިތުރުން، އޮމަދޫ ކައުންސިލްގެ ރައީސް ވަނީ އެ ރަށަށް ކުރިމަތިވެފައިވާ އެހެނިހެން މުހިންމު ތިމާވެށީގެ ކަންބޮޑުވުންތައް ވެސް ވަޒީރުގެ ސަމާލުކަމަށް ގެންނަވާފައެވެ. އެގޮތުން، ރަށް ގިރުމުގެ ސަބަބުން ދިމާވަމުންދާ މައްސަލަތަކާއި، ހަކަތަ ބޭނުންކުރުމުގައި ހުރި ދަތިތައް ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ލިބެންހުރި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އޮމަދޫއަށް ކުރިމަތިވެފައިވާ ތިމާވެށީގެ އެކިއެކި ގޮންޖެހުންތަކަށް އަމަލީ ހައްލުތަކެއް ހޯދައިދިނުމާއި، ކައުންސިލާއި ވުޒާރާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ. އަދި ރަށުގައި ދެވޭ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، އޮމަދޫގެ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމަކީ ވެސް މި ބައްދަލުވުމުގެ މުހިންމު އަމާޒެކެވެ.
.jpeg?w=3840&q=75)


.jpeg?w=3840&q=75)




