.jpeg?w=3840&q=75)







.jpeg?w=3840&q=75)
ރާއްޖެއަކީ އިންވެސްޓު ކުރުމަށް ގިނަ ދާއިރާތަކެއް ހުރި ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެގޮތުން ފަތުރުވެރިކަމާއި، ސިނާއީ ދާއިރާތަކާއި، އިމާރާތް ކުރުމާއި، ތައުލީމީ އަދި ސިއްހީ ދާއިރާއަކީވެސް އިންވެސްޓުކުރުމަށް ފުރުސަތު ހުރި ދާއިރާތަކެއްކަން ފާހަގަކުރެއްވިއެވެ.
ރައީސް މިހެން ވިދާޅުވީ، ރާއްޖެ – ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުންނެވެ.
އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަށް ބަލާއިރު، ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި ވިޔަފާރީގެ ނަޒަރަކުން ބަލާ ކަމެއް ނޫން ކަމަށާއި ޖަޒީރާ ގައުމަކަށްވީތީ، މެދުކެނޑުމެއްނެތް ސަޕްލައި ޗޭނެއް އޮތުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ބާޒާރުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި އަޅުގަނޑުމެންނަކީ ހަމައެކަނި ފަސް ލައްކައެއްހާ ރައްޔިތުން ދިރިއުޅޭ ގައުމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާކަން ފާހަގަކުރައްވާ ވިދާޅުވީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށްދެ ޤައުމުގެ ކަނެކްޓިވިޓީ އިތުރުކުރަން ޖެހޭކަމަށެވެ. އަދި މިކަމަށް ދެޤައުމުގެ ކުންފުނިތަކަށް ވަނީ ހިތްވަރުދެއްވާފައެވެ.
ހަމަމިއާއެކު ޕާކިސްތާނުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މިހާރުވެސް ރާއްޖޭގެ ބާޒާރަށް ފޯރުކޮށްދޭކަމަށާއި ޒަމާނީ ފުޑް ޕްރޮސެސިންގ، މޫސުމީ ބަދަލުތަކާއި ގުޅިފައިވާ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޕާކިސްތާނުގެ އިންވެސްޓަރުންނަށް ރައީސް ގޮވާލެއްވިއެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)
