

.jpeg?w=3840&q=75)


.jpeg?w=3840&q=75)



މޫސުން ގޯސް ދުވަހެެއް
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ އަތޮަޅުން ފެށިގެން އދ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓުން ބުނީ މި ސަރަހައްދުތަކަށް މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 15:00 އާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.
މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓުން ބުންޏެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ އެލާޓްތައް ނެރެމުންނެވެ.


.jpeg?w=3840&q=75)

