.jpg?w=3840&q=75)
ވާރޭ
މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ގއ. ގެމަނަފުއްޓަށްކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މެޓުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ގެމަނަފުއްޓަށް 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
ދެން އެންމެ ގިނައިން ވާރެވެހުނީ މާލެ އަދި ހުޅުލެ އަށެވެ. އެގޮތުން ހުޅުލެއަށް 90.3 މިލިމީޓަރުގެ ވާރޭވެހުނުއިރު، މާލެ އަށް ވެހިފައިވަނީ 90 މިލިމީޓަރުގެ ވާރޭ އެވެ. އަދި އދ.މަހިބަދޫ އަށް 81.6 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، ގދ.ތިނަދޫއަށް ވެހިފައިވަނީ 84.1 މިލިމީޓަރުގެ ވާރޭ އެވެ.
މީގެއިތުރުން ގދ.ކާޑެއްދޫ، އދ.މާމިގިލި އަދި ހުޅުމާލެއަށްވެސް ވަނީ ވަރަށް ބޯކޮށް ވާރޭވެހިފަ އެވެ. އެއީ ކާޑެއްދޫއަށް 80.6 މިލިމީޓަރުގެ ވާރޭ، މާމިގިލިއަށް 60.5 މިލިމީޓަރުގެ ވާރޭ އަދި ހުޅުމާލެ އަށް 60 މިލިމީޓަރުގެ ވާރޭ އެވެ.
މެޓުން އެކި ހިސާބުތަކަށް ސަމާލުތައް ނެރުމުންދާއިރު، މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)


