.jpeg?w=3840&q=75)








މަސްތުވާތަކެއްޗާއެކު ވިލިމާލޭން ހައްޔަރުކުރި ފިލްމީ ތަރިންގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގާ ހައްޔަރުކުރި 4 މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ތަހުގީގު މަރުހަލާ ފުރިހަމަވެފައިވާތީ ދޫކޮށްލާފައިވާ ކަމަށެވެ. އަދި ދެން ހުރި މީހާ ވެސް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ހާމަކޮށްފައެވެ.
އެ މީހުން ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ބާރުގެ ބޭނުންކޮށްގެން ކޮޓަރިއެއްގެ ދޮރު ހުޅުވައިގެންނެވެ. ފުލުހުން ބުނީ އެ ވަގުތު ކޮޓަރީގެ މޭޒުމަތީގައި ފާޅުކަން ބޮޑުގޮތެއްގައި މަސްތުވާތަކެތި ހުއްޓާ ފެނިފައިވާ ކަމަށެވެ.
ފުލުހުން އެ އޮޕަރޭޝަންގައި ހައްޔަރުކުރި އަހުމަދު އަޒްމީލް (އަޒޭ) އާއި އިސްމާއިލް ޖުމައިހު (ޖުމާ) އަދި މުހައްމަދު ވިޝާލް (ރޯމަން) ކަމަށެވެ. އޭގެ އިތުރުން އަޒްމީލުގެ ކޮއްކޮއެއް ކަމަށްވާ ޝާހިލު މުހައްމަދު ވެސް އެ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރިއެވެ.
އޭރު އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތެވެ. އެ މީހުން އަތުލައިގަތް ސީނުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޓްރެފިކިން މިންގަނޑު ހަމަވާ ވަރަށް މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ވަނީ ބަންދު މަޖިލީހުގައި ބުނެފައެވެ.
.jpeg?w=3840&q=75)



